އަނާރާއަށް ވެސް ނާކާމިޔާބު، ގޮނޑި ދިފާއު ނުކުރެވުން

ކިޔުމަށް ހޭދަވާނީ 46ސ
އަނާރާއަށް ވެސް ނާކާމިޔާބު، ގޮނޑި ދިފާއު ނުކުރެވުން

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާއަށް ވާދަކުރެއްވި އަނާރާ ނައީމަށް ވެސް ގޮނޑި ދިފާއު ނުކުރެވުނެވެ. 

ވާދަވެރި ގޮތަކަށް، ނަތީޖާއިން ކުރިވެސް އަރާފައި އޮތުމަށްފަހު، މަކުނުދޫ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއްގެ ވޯޓު ގުނާ ނިމި ނަތީޖާ އިއުލާނު ކުރިއިރު، ކުރިހޯއްދެވީ އެމްޑީޕީގެ މުޙައްމަދު ރާއީ އެވެ. 

އަދާލަތު ޕާޓީގެ ފަރާތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރީ ނުވަ ދާއިރާއަކަށެވެ. އެއީ ވައިކަރަދޫ ދާއިރާއާއި، ކެލާ ދާއިރާ، ގައްދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، މަހިބަދޫ ދާއިރާ، ކާށިދޫ ދާއިރާ، ނިލަންދޫ ދާއިރާ އަދި މުލަކު ދާއިރާ އެވެ. 

އޭގެ ތެރެއިން ނިލަންދޫ ދާއިރާގެ ކެންޑިޑޭޓް މުއްސަބު މުޙައްމަދާއި މަހިބަދޫ ދާއިރާގެ ކެންޑިޑޭޓް އަލީ އާޒިމް އަށް އެމްޑީޕީން ތާއީދު ކުރިއެވެ.

މިއަދު އޮންލައިން