ފުނަދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖް ކާމިޔާބް ކުރެއްވުމުން މިހާރު އެދާއިރާގެ މެންބަރުކަމުގައި ހުރި ޕީޕީއެމްގެ ނައިބް ރައީސް، ޕީއެންސީގެ ވަގުތީ ރައީސް އަދުރޭގެ މެންބަރުކަން މިހާރު ހިނގަމުންދާ 18 ވަނަ ދައުރާއިއެކު ނިމުމަކަށް އަތުވެއްޖެއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އާއި ވާދަކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ އަބްދުﷲ ސަނީފް ކާމިޔާބު ކުރެއްވުމުން ނިހާންގެ މެންބަރުކަން ވެސް މިހާރު ހިނގަމުންދާ 18 ވަނަ ދައުރާއިއެކު ނިމުމަކަށް އަތުވެއްޖެއެވެ.