ނުބައި ވޯޓު ކަރުދާސްކޮޅެއް ދޫކުރެވިގެން ފުވައްމުލަކާއި އޭދަފުށީގެ ވޯޓުފޮއްޓެއް އަދި ބަންދު ނުކުރޭ!

ކިޔުމަށް ހޭދަވާނީ 40ސ
ނުބައި ވޯޓު ކަރުދާސްކޮޅެއް ދޫކުރެވިގެން ފުވައްމުލަކާއި އޭދަފުށީގެ ވޯޓުފޮއްޓެއް އަދި ބަންދު ނުކުރޭ!

ޏ. ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުށީ ގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ފިޔަވާ އެހެން ހުރިހާ ދާއިރާއެއްގެ ވޯޓުފޮށި ބަންދު ކޮށްފިއެވެ.

 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "މިއަދުނޫހަށް"  މައުލޫމާތު ދެއްވި ގޮތުގައި މިދެ ވޯޓުފޮށި ބަންދު ނުކުރެވިފައިވަނީ ނުބައި ވޯޓު ކަރުދާސް ކޮޅެއް ދޫކުރެވިގެންނެވެ. އަދި ރަނގަޅު ވޯޓުކަރުދާސްކޮޅު ދޫކުރުމުގެ މަސައްކަތް މިހާރު އެކޮމިޝަނުން ކުރަމުންދާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

 

މިދެ ވޯޓުފޮށީގެ އިތުރުން އިނގިރޭސިވިލާތުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ވެސް އަދި ބަންދު ނުކުރާ ކަމަށް އަކުރަމް ވިދާޅުވިއެވެ. އެފޮށި އަދި ބަންދު ނުކޮށް ހުރީ އަދި އެފޮށި ބަންދުކުރުމުގެ ވަގުތު ނުޖެހޭތީ ކަމަށް ވެސް އީސީގެ މެމްބަރު ވިދާޅުވިއެވެ.

މިއަދު އޮންލައިން