ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 61 އިންސައްތަ (%61) މީހުން މިހާތަނަށް ވޯޓުލާ ނިންމައިފިކަމަށް އިލެކްޝަންސް ގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިިބިފައިވަނީ 264،442 މީހުންނަށެވެ. މިހާތަނަށް ވޯޓުލާފައިވަނީ 160،534 މީހުންނެވެ.