ވޯޓުލާ ގަޑި އިރުއޮއްސި ހައެކާ ހަމައަށް އިތުރުކޮށްފި!

ކިޔުމަށް ހޭދަވާނީ 49ސ
ވޯޓުލާ ގަޑި އިރުއޮއްސި ހައެކާ ހަމައަށް އިތުރުކޮށްފި!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން، މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފިއެވެ.

 

މިކަން ކަށަވަރު ކޮށްދެއްވާ އެކޮމިޝަންގެ ރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ، މިދުވަސްވަރު މޫސުން ހުރިގޮތުން، ހޫނު ގަދަވުމުގެ ސަބަބުން، ވޯޓުލުމަށް އަންނަ މީހުން މަދުވެދާނެތީ، މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

 

މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ މިއިންތިހާބުގައި މަޖިލީހުގައި ހިމެނޭ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓުލުމުގެ ޙައްޤު 264،442 މީހުންނަށް ލިބިފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާފައިވަނީ ހަތަރު ޤައުމެއްގައެވެ. އެއީ އިންޑިއާ، ޝްރީލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތެވެ.

މިއަދު އޮންލައިން