"އިނގިރޭސިވިލާތުން މިފަދަ ވިސްނުން ހިފައިގެން ރާއްޖ އައިސް ރާއްޖޭގައި އޮތް އިސްލާމީ ޝަރީޢާގެ ޙުކުމްތައް ނައްތާލަން ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމީ ހަޤީޤަތެކެވެ. ވޯޓު ދެއްވާ ގޮތަކުން ރާއްޖޭގެ ކުރިމަގު ބަނަވެދާނެއެވެ. ކަނު ލޯބިވުމާ ދުރުވާން ވާނެއެވެ."
މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވީ ބުރުނާއީގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ފެށުމުން އެ ޤައުމު ކޮމަންވެލްތުން ވަކިކުރުމުގެ ވިސްނުން އިނގިރޭސި ވިލާތުން ހާމަކުރުމާއި ގުޅިގެންނެވެ.
ކޮމަންވެލްތުން ބުރުނާއީ ވަކިކުރި ނަމަވެސް ބުރުނާއީއަށް ކުރާނީ ފައިދާއެވެ. ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ! އިސްލާމީ ޝަރީޢާ ތަންފީޒު ކުރުމުން ﷲ ތަޢާލާ ދެއްވަވާނެ ސަވާބު މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ މާމަތިވެރިއެވެ.