މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ދެކުންފުންޏެއްގެ މައްޗަށް ސިވިލްކޯޓުން ޙުކުމްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ދެކުންފުންޏެއްގެ މައްޗަށް ސިވިލްކޯޓުން ޙުކުމްކޮށްފި

މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މިއަދު ސިވިލްކޯޓުން ޙުކުމްކޮށްފިއެވެ.

ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާދެއްކުމަށް ސިވިލްކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. 

ބީއެމްސީޓް ރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެގޮތުގައި ޖުމުލަ 3,649,571 (ތިންމިލިއަން ހަލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަހަ ތްދިހަ އެއްރުފިޔާ) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 09 (ނުވައެއް) މަސްދުވަހުގެތެރޭގައި ދައްކާ ޚަލާޞްކުރުމަށް ޙުކުމްކޮށްފައިވެއެވެ. 

އަދި ޒޯނަލް ކޮންސްޓްރަކްޝަން އެންޑްޓް ރޭޑް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ޙުކުމްކޮށްފައިވަނީ ޖީ.އެސް.ޓީއާއި އެއާގުޅޭ ޖޫރިމަނާގެގޮތުގައިޖުމްލަ 403,724 (ހަތަރުލައްކަތިންހާސްހަތްސަތޭކަސައުވީސްރުފިޔާ) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށެވެ.

މިއަދު އޮންލައިން