މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫޢް އިފްތިތާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫޢް އިފްތިތާޙްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫޢް އިފްތިތާޙްކޮށްފިއެވެ. 

މަސްޖިދު މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދުގެ ޢަޞްރުނަމާދަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ މިސްކިތުގައި އަންހެނުންނަށް ޚާއްޞަ ބައެއް އިފްތިތާހްކޮށްފައެވެ. އަދި މި މަޘްރޫއު ރާއްޖޭގެ 301 މިސްކިތުގައި ކުރިއަސް ގެންދާނެކަން ވެސް ވަނީ އިއުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ މިސްކިތްތައް އެއާކޮންޑިޝަން ކުރުމުގެ މަޝްރޫއުގެތެރެއިން ފުރަތަމަ މިސްކިތް މިހާރު ވަނީ އެއާކޮންޑިޝަންކޮށް ހުޅުވައިފައެވެ. އަދި އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ލިބޭނެ ގޮތް ވެސް ވަނީ އެމިސްކިތުގައި ހަދައިފައެވެ. 

މިއަދު އޮންލައިން