ޖަމީއަތުލް ސަލަފިއްޔާ އަކީ ޤުރްއާނާއި ސުންނަތް އުނގަންނައިދޭ ޒަމާންވީ ޢިލްމީ މުއައްސަސާއެއް: ޝައިޚް އަލީ ޒާހިރު

ކިޔުމަށް ހޭދަވާނީ 1މ 39ސ
ޖަމީއަތުލް ސަލަފިއްޔާ އަކީ ޤުރްއާނާއި ސުންނަތް އުނގަންނައިދޭ ޒަމާންވީ ޢިލްމީ މުއައްސަސާއެއް: ޝައިޚް އަލީ ޒާހިރު

ޖަމީއަތުލް ސަލަފިއްޔާ އަކީ ކީރިތި ޤުރްއާނާއި ސުންނަތް އުނގަންނައިދޭ ޒަމާންވީ ޢިލްމީ މުއައްސަސާއެއް ކަމަށް ޝައިޚް އަލީ ޒާހިރް ބިން ސައީދް ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް އަލީ ޒާހިރްގެ ފޭސްބުކް ޕޭޖުގައި މިއަދު ޕޯސްޓު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޤުރްއާން ހިތުދަސް ކުރުމާއި، ސައްޙަ އަޤީދާގެ މަތީގައި ދީނީ ޢިލްމު ކިޔަވައިދިނުމާއި، ރިވެތި އަޚްލާޤުގެ މަތީގައި މީހުން ބިނާ ކުރުމަކީ ޖަމީއަތުލް ސަލަފިއްޔާ ކުރާ މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން ޝައިޚް ވިދާޅުވީ އެތަނުން ލިބުނު ޢިލްމާއޮ ތަރުބިއްޔަތުގެ އެންމެ ހެޔޮ އަސަރު ކުރި އެއް ޤައުމަކީ މިލޮބުވެތި ދިވެހިރާއްޖެ ކަމަށާއި އެތަނުން ކިޔަވާ ވިދާޅުވި ބޭފުޅުންނާއި ދަސްވެނިން ވަނީ މިޤައުމުގަ ނައިބު ރައީސް ކަމާއި އުއްތަމަ ފަނޑިޔާރު ކަމާއި، ޔުނިވާރސިޓީ ތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައި ކަމަށެވެ.

ޖަމީއަތުލް ސަލަފިއްޔާ އިން ކިޔަވާ ވިދާޅުވި ބޭފުޅުން މިހާރުވެސް ދީނީ ޢިލްމުވެރިންގެ ގޮތުގައި އާއި މިނިސްޓަރުންގެ ގޮތުގައާއި ޓީޗަރުންނާއި ވަކީލުން ފަދަ ޕްރޮފެޝަނަލް ތަފާތު ދާއިރާ ތަކުގައި ޤައުމަށް ޚިދުމަތް ކުރައްވާ ކަމަށެވެ.

ޤައުމަށް ހެޔޮ އެދޭ ތެދުވެރި އެއްވެސް ބޭފުޅަކީ ސަލަފިއްޔާ އިން ހިލޭ ސާބަހަށް ދިވެހި ގިނަ ދަރިން ތަކަކަށް ފޯރުކޮށް ދިން އިހުސާންތެރިކަމުގެ ބަދަލުގައި، ހެއްކެއް ޤަރީނާއެއް ނެތި އެތަން ބަދުނާމުކޮށް ފިތުރަތާ ޚިލާފު ހަޑި މުޑުދާރު އަމަލު ދަސްކޮށްދޭ ތަނެއްގެ ގޮތުގައި އެތަން ސިފަ ނުކުރާނެ ބައެއް ކަމަށް ވެސް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

ޝައިޚް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދާދި ފަހުން ކެމްޕެއިނު ޖަލްސާއެއްގައި، ޖަމީއަތުލް ސަލަފިއްޔާގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބޭއަދަބީ ބަސްތަކެއް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ސަލަފިއްޔާގެ ޢިލްމުވެރިންނަކީ އެއް ޖިންސުން ގުޅުން ހިންގާ ބައެއް ކަމުގައެވެ. އެފަދަ ވިޔާނުދާ ބަސްފުޅެއް އެމަނިކުފާނު ވިދާޅުވުމުން، ދީނީ ގިނަ ޢިލްމުވެރިންގެ ފާޑުކިޔުން ނަޝިދުއަށް ވަނީ އަމާޒުވެފައެވެ.

މިއަދު އޮންލައިން