އާދިއްތަ ދުވަހު ސަރުކާރު ބަންދުކުރަން އަދި ނުނިންމަން: ރައީސް އޮފީސް

ކިޔުމަށް ހޭދަވާނީ 58ސ
އާދިއްތަ ދުވަހު ސަރުކާރު ބަންދުކުރަން އަދި ނުނިންމަން: ރައީސް އޮފީސް

މިހިނގާ އޭޕްރިލް މަހުގެ 7 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަދަން އަދި ނުނިންމަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

 

އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ކަނޑައަޅުއްވައިފިކަމަށް ބުނެ ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެކަމާއި ގުޅޭގޮތުން ޓްވީޓާ މެދުވެރިކޮށް ހޫދު ވިދާޅުވީ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅަން އަދި ނުނިންމަވާ ކަމަށާއި އެކަމަށް ގޮތެއް ނިންމަވާނީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށެވެ.

 

        

 

ހޫދު މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ، ކޮށްފައިވާ އިއުލާނެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެއިއުލާނުގައި ވެސް ވިދާޅުވެފައިވަނީ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ކަނޑައަޅާފައިވާ ކަމަށެވެ.

 

އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކުރިން އިއުލާނު ކުރެވުނީ ރައީސް އޮފީހުން އޮޅުމަކުން ކަމަށް އިތުބާރުހުރި ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން