އާދީއްތަ ދުވަހު ސަރުކާރު ބަންދު!

ކިޔުމަށް ހޭދަވާނީ 46ސ
އާދީއްތަ ދުވަހު ސަރުކާރު ބަންދު!

މިހިނގާ އޭޕްރިލް މަހުގެ 7 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.

 

މިކަން ކަށަވަރު ކޮށްދެއްވަމުން ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރިލް މަހުގެ 7 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފި ކަމަށެވެ.

 

 

މިގޮތަށް ހަމަޖެއްސެވީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، އެދުވަސް ބަންދު ކުރުމަކީ ސަރުކާރުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން