މ.މުލީގައި އެއާޕޯޓް އަޅަން 39 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މ.ދިއްގަރުގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މ.މުލީގައި އެއާޕޯޓެއް އެޅުމަކީ އެ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެއް ކަމަށާއި އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތް ފެށުމަށް 39 މިލިއަން ރުފިޔާ ވަނީ ހިމަނާފައިވާނެކަމަށެވެ. އަދި މި ސަރުކާރުގައި އެންމެ އަވަހަށް ކުރާނެ ކަންތައްތަކުގެ ތެރޭގައި އެކަން ހިމަނުއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ވައުދުވެ ވަޑައިގެންފައިވާނެކަމަށް ރައިސް ވިދާޅުވިއެވެ.
މީގެއިތުރުން މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމާއި މ.ވޭވަށުގެ ބަނދަރު ސިނާއީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.