ފާއިތުވެދިޔަ ތިން މަސް ދުވަހު ލޯނުތަކަށް 315 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ފާއިތުވެދިޔަ ތިން މަސް ދުވަހު ލޯނުތަކަށް 315 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި

ފާއިތުވެދިޔަ ތިން މަސް ދުވަހު ދައުލަތުން ލޯނުތަކަށް 315 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާ އަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ދައުލަތުން ހަރަދުކުރި މިންވަރަށް ބަލާއިރު އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ރިކަރެންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މަޝްރޫއުތަކަށް މިހާތަނަށް ހަރަދުކުރެވިފައި ވަނީ 999 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު އާމްދަނީއަށެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގައި ހިންގާ ތަފާތު މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން ހަތް ބިލިއަނަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަށެވެ.

 

މިއަދު އޮންލައިން