ދިވެހިރާއްޖޭގެ ސީނިއާރ ޢިލްމުވެރިންގެ ގިނަ ބޭފުޅުންނަކީ ޖާމިޢާ ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެލައްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެއިގެ ތެރޭގައި ޢަދާލަތު ޕާޓީގެ ބައެއް އިސް ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.
އެހެންކަމަށް ވުމާއިއެކު، މިފަދަ ހަޑިމުޑުދާރު ބުހުތާނެއް އެފަދަ ބޭފުޅުންގެ އިސްތަށިފުޅުގައި ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު (ރައީސް މުޙައްމަދު ނަޝީދު) އެޅުއްވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ދައުވަތަށް ދެއްވި ވަރުގަދަ ހަމަލާއެކެވެ. މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެފައިވާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ބައެއް ބޭފުޅުންގެ ނަންތައް ހިމަނާލާނަމެވެ.
1- އައްޝެއިޚް އިސްމާޢީލް މުޙައްމަދު 2- ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ 3- އައްޝެއިޚް ފައްޔާޟު އަލީ 4- ޑރ ޢަބްދުއްސައްތާރު 5- އައްޝެއިޚް ޢަބްދުލްޢަޒީޒު 6- އައްޝެއިޚް އަބޫ ބަކުރު އިބްރާހީމް 7- އައްޝެއިޚް ޙަސަން ލަޠީފް 8- އައްޝެއިޚް އާދަމް ޝަމީމް 9- އައްޝެއިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 10- އައްޝެއިޚް ޢަލީ ޒާހިރު (ޢަދާލަތު ޕާޓީގެ ނާއިބު ރައީސް/ ރައީސް އޮފީސް ޗީފް އޮޕް ސްޓާފް) 11- ޑރ އަޙްމަދު ޒާހިރު (މިހާރުގެ އިސްލާމިކް މިނިސްޓަރު) 12- އައްޝެއިޚް އަޙްމަދު ސަލީމް 13- އައްޝެއިޚް އަޙްމަދު ފާރޫޤު މުޙައްމަދު 14- އައްޝެއިޚް އަޙްމަދު މޫސާ 15- އައްޝެއިޚް ރޫޙުލް އަމީން 16- ޑރ މުޙައްމަދު ޖަމީލް (ކުރީގެ ނާއިބު ރައީސް )17 ޑރ ޒަކަރިއްޔާ 18- އައްޝެއިޚް ހުސެއިން ޔޫސުފް 19- ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް 20- ޑރ ޙަސަން ސަޢީދު ( ކުރީގެ އުއްތަމަ ފަނޑިޔާރު 21- ޕްރޮފެސަރު ޢަބްދުﷲ ސަޢީދު
- ޝައިޚް ޝަފީޢް ޢަބްދުﷲ
ރައީސް ނަޝީދުގެ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ނަމަ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ތިބި ޙާލަތަކާއިމެދު ސުވާލު އުފެދެއެވެ. މިލިސްޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވުމުގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުން ކަމުގައިވުމުންނެވެ.