އުކުޅަހުގައި ގެސްޓުން ނިވައިކަން ކުޑަކޮށް އުޅުން ހުއްޓުވައިދެއްވުމަށް ރައީސަށް ޕެޓިޝަން ހުށަހެޅުމުން 5 މީހެއްގެ ޢާއިލާއަށް ދަތިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އުކުޅަހުގައި ގެސްޓުން ނިވައިކަން ކުޑަކޮށް އުޅުން ހުއްޓުވައިދެއްވުމަށް ރައީސަށް ޕެޓިޝަން ހުށަހެޅުމުން 5 މީހެއްގެ ޢާއިލާއަށް ދަތިކޮށްފި

އުކުޅަހުގަ ގެސްޓުން ނިވައިނުވެ އުޅޭ މައްސަލަ ހައްލުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ރުޅިގަދަވެ، 5 މީހެއްގެ ޢާއިލާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެ 5 މީހުންގެ ޢާއިލާގައި ނުކުޅެދުންތެރިކަން ހުރި 2 މީހުންނާއި 17 ކުޑަކުދިންނާއި 28 މީހުން ހިމެނޭ ކަމަށެވެ.

ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ނިވައިކަންކުޑަކޮށް އުޅޭ މައްސަލަ ހައްލުކުރަން ސަރުކާރުން މިހައިތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ގެސްޓް ހައުސްތައް ހިންގަން ހުއްދަ ދެނީ ޤަވާއިދުތަކެއްގެ ދަށުން ނަމަވެސް އެ ޤަވާއިދުތަކަށް ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން އަމަލުކުރާކަން ސަރުކާރުން ނުބަލާތީ އެ ޤަވާއިދު ވެފައިއޮތީ ހަމައެކަނި ލިޔެވިފައި އޮންނަ އެއްޗަކަށެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިއްޔެވެސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ޙަލާލް ފަތުރުވެރިކަން ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ފެންނަމުން މިދަނީ ދުވަހެއް ދުވަހަކަށް އިސްލާމް ދީނާއި ދުރަށް ފަތުރުވެރިކަން ގެންދެވޭތަން ކަމުގައި ފާހަގަކުރެވެއެވެ.

އަދި މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ވެސް ޚިލާފަށް ރާއްޖޭގެ ގެސްޓް ހައުސް ފަތުރުވެރިކަން ކުރިއަށް ގެންގޮސް އެކަމުގެ ނޭދެވޭ އަސަރު މުޖުތައުއަށް ފޯރުވަން ކަންވެސް މިދަނީ ހާމަވަމުންނެވެ.

ފެންނަމުންދަނީ ގެސްޓް ހައުސްތައް ހިންގާ ފަރާތްތައް އައްޑަނައަކަށް ބޭނުންކޮށްގެން އިސްލާމް ދީނާއި ޚިލާފް ޘަޤާފަތްތައް ދިވެހިންގެ މެދުގައި އަށަގަންނުވަން މަސައްކަތްކުރެވޭތަން ކަމުގައިވާތީއެވެ. ގެސްޓް ހައުސްތަކުން ރަށުގެ ރައްޔިތުންނާއިމެދު މިފަދަ ފިޔަވަޅުތައް އަޅަމުން ގެންދާތީ ރައްޔިތުންނަށް ތިބެންޖެހެނީ ބްލެކްމޭލް ކުރެވިގެންކަމަށްވާތީއެވެ.

މިއަދު އޮންލައިން