ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ: ފޮރިން މިނިސްޓްރީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ: ފޮރިން މިނިސްޓްރީ

ވޭތުވެދިޔަ ހަތަރު މަސް ދުވަހު ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިނީ މިފައިސާ ލިބިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކުން ކަމަށާއި ވޭތުވެދިޔަ ފަސް އަހަރުގައި ވެސް މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިލޭ އެހީ ހޯދި މިންވަރަށް، ހޯދިފައެއް ނުވާކަމަށެވެ. 

މީގެ ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ހިލޭ އެހީ ދެނީ ލޯނެއް ނުވަތަ އެހެން ކަމެއް ކުރިމަތި ކުރުވާފައެވެ.

ރާއްޖެއަށް ހިލޭ އެހީ ދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔޫއޭއީ އަދި އެމެރިކާ ހިމެނެއެވެ. މީގެ އިތުރުން ބައެއް ގައުމުތަކުން އެގައުމަށް ދިވެހިން ދަތުރުކުރުމުގައި ވަނީ ވިސާގެ ލުއި ފަސޭހަކަން ވެސް ހަމަޖައްސައިދީފައެވެ.

 

މިއަދު އޮންލައިން