ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޞާލިޙް

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޞާލިޙް

ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫޢު ރައީސް ފައްޓަވައިދެއްވީ ހއ. އަތޮޅަށް ރައީސް ޞާލިޙު މިހާރު ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

16 މަސް ދުވަހުން ނިންމުމަށްމިމަސައްކަތް އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ. 

މިއަދު އޮންލައިން