ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް އަޅައި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް އަޅައި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަނީ

ހއ.ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް އަޅައި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެންވިދާޅުވީ ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ސަރުކާރުން ޙައްލު ކޮށްދެއްވާނެ ކަމަށާއި އެގޮތުން ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް ސަރުކާރުން އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ޞާލިޙް ވިދާޅުވީ މިދެންނެވީ މިދާއިރާއަށް ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ ކަމަށާއި ދިއްދޫގައި އެމަނިކުފާނުގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން އެރަށަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. 

މިއަދު އޮންލައިން