މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މާލެއާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ: ރައީސް

ކިޔުމަށް ހޭދަވާނީ 1މ 10ސ
މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މާލެއާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ: ރައީސް

ރާާއްޖޭގެ ހުރިހާ ރަށަކަށް ވެސް، މިއަދުން ފެށިގެން، މާލެއާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

 

އެކަން ޔަގީން ކޮށްދެއްވަމުން ރައީސް ޞާލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ފަދައިން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކާޑުގެ (ހަނޑު، ހަކުރު، ފުށް) ބާވަތްތައް، މާލެއާއި އެއް އަގެއްގައި ލިބިވަޑައިގަނެވޭނެ ކަމަށެވެ.

 

އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ބޮޑު ލުއި ފަސޭޙައެއް ކޮށްދެއްވުމުގައި އެސްޓީއޯ މެނޭޖްމެންޓާއި މުވައްޒަފުން ކޮށްދެއްވި އަގުހުރި ބުރަ މަސައްކަތައް ރައީސް ޞާލިޙު ވަނީ ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.

 

އެސްޓީއޯ އިން ގެނައި ބަދަލުގެ ސަބަބުން، ހަނޑޫ ބަސްތާއެއް 199 ރުފިޔާ، ހަކުރު ބަސްތާއެއް 200 ރުފިޔާ އަދި ފުށް ބަސްތާއެއް 149 ރުފިޔާއަށް މިއަދުން ފެށިގެން ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

 

 

މިއަދު އޮންލައިން