ސިހުރެއް ކެވިއްޖެނަމަ ތެރަސްފަދައިން ގޮހޮރުގަ ތަތްލާނެ - ޑޮކްޓަރުންނަކަށް ބަލި ނުހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ސިހުރެއް ކެވިއްޖެނަމަ ތެރަސްފަދައިން ގޮހޮރުގަ ތަތްލާނެ - ޑޮކްޓަރުންނަކަށް ބަލި ނުހޯދޭނެ!

ޑޮކްޓަރުންނަށް ނުހޯދޭ ބަލިތައް ޖެހޭނަމަ އެއީ ވެސް ސިހުރު ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ. މިހާލަތުގައި މީހުންނަށް ތަފާތު ބަލިތައް ޖެހިދާނެއެވެ. ސިހުރުން ބަލިޖެހިފައިވާނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ ޑޮކްޓަރުންނަށް ދައްކައިގެން ޓެސްޓްތައް ހެދި ނަމަވެސް އެއްވެސް ބައްޔެއް ނުފެނުމެވެ. ނަމަވެސް ބަލީގައި އަބަދުވެސް އުޅެން ޖެހުމެވެ. 

މީގެ ތެރެއިން އެންމެ ނުރައްކައުތެރި އެއްކަމަކީ ސިހުރެއް ކެވުމެވެ. ސިހުރެއް ކެވިއްޖެނަމަ ބަނޑުގެ މައްސަލަތައް ކުރިމަތިވާނެއެވެ. މިސާލަކަށް ބަނޑުގެ ތަންކޮޅެއްގައި ރިއްސައިވެސްފާނެއެވެ. ދިލަވެސް ނަގައިފާނެއެވެ. މުޅި ބަނޑުގައިވެސް ރިއްސައިފާނެއެވެ. އަދި ގިނަގިނައިން ވައިވެސް ލެވިދާނެއެވެ. ބަނޑު ފުއްޕައިވެސްފާނެއެވެ. ވަރަށް ވަރުގަދައަށް ކަހައިވެސްފާނެއެވެ. 

ސިހުރެއް ކެވިއްޖެ ނަމަ ނުވަތަ ބޮވިއްޖެ ނަމަ ގޮހޮރުގެ ތެރެއަށްދާނީ ތެރސްތަކެއް ފަދައިންނެވެ. ގޮސް ގޮހޮރުގައި ތަތްލާނީއެވެ. މިހާލަތުގައި ބައެއް ފަހަރުގެ ގޮހޮރުގެ އަލްސަރއަށްވެސް ބަދަލުވެގެންދެއެވެ. 

ސިހުރު ކެވިގެން ނުވަތަ ބޮވިގެން މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޑޮކްޓަރުން ކުރާ އެއްވެސް ޓެސްޓަކުން އެއްވެސް ކަމެއް ނުފެންނާނެއެވެ. ބޭސް ކެއުމުން ކުޑަކުޑަ ލުޔެއް ލިބިދާނެއެވެ. ނަމަވެސް ބަލި ފަސޭހައެއް ނުވާނެއެވެ. އަދި ގިނަ ފަހަރު އެގޮތަށް ލުއިވުމަށްފަހު ބަލި ބޮޑުވެގެންވެސް ދާނެއެވެ. 

މިފަދަ ބައެއް ހާލަތުގައި ޑޮކްޓަރުންނަށް ގޮތް ހުސްވުމުން މިވެނި އެވެނި އެއްޗެތި ނުކާންވެސް ބުނާނެއެވެ. އެގޮތަށް ނުކާން ބުނާ އެއްވެސް އެއްޗެއް ނުކައި ހުރި ނަމަވެސް ބަލި ފަސޭހައެއް ނުވާނެއެވެ. ކުރިމަތިވަމުންދާނީ އިތުރު އުނދަގޫތަކެވެ. 

ހަމައެޢާއިއެކު ސިހުރެއްގެމަތިން ހިނގިއްޖެނަމަ ފައިގެ ހުޅުތަކަށް މައްސަލަ ޖެހުން ކައިރިވާނެއެވެ. ހަމުގެ މައްސަލަތައް ކުރިމަތިވާނެއެވެ. ބައެއް ފަހަރު އެހެން މީހަކަށް ހަދާފައި ހުންނަ ސިހުރެއްގެމަތިން ހިނގުނު ނަމަވެސް ނުވަތަ އެފަދަ އެއްޗަކަށް އެރުނު ނަމަވެސް މައްސަލަތައް ކުރިމަތިވާނެއެވެ. 

ބަލިވެއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ޑޮކްޓަރުންނަށް ބަލި ނުހޯދި ލަސްވާނަމަ ދެވަނަ ވިސްނުމަކަށް ދާންވާނެއެވެ. އެގޮތުން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް ބަލި ކިޔައިދީ ރުޤްޔާ ކުރާނެ ގޮތުގެ އިރުޝާދު ހޯދައި ރުޤްޔާކުރަންވާނެއެވެ. 

ބަލީގެ ކުރީކޮޅު ފަރުވާ ކުރަން ފެށިއްޖެ ނަމަ ޤްދްރަތީ ބަލި ފަސޭހަކުރަން ފަސޭހަވާފަދައިން ސިހުރުގެ ކަމެއް ކުރިމަތިވެފައިވީ ނަމަވެސް ކުރީކޮޅުގައި ރުޤްޔާކުރަން ފެށިއްޖެ ނަމަ އެކަމަކުން ސަލާމަތްވެވުން ފަސޭހަވާނެއެވެ. 

- މަޢްލޫމާތު "ސިޙުރުން ސަލާމަތްވުމަށް މަގެއް"

މިއަދު އޮންލައިން