ހޯރަފުށީ ދާއިރާއަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރައީސް ސޯލިހް ހުށަހަޅުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހޯރަފުށީ ދާއިރާއަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރައީސް ސޯލިހް ހުށަހަޅުއްވައިފި

ހޯރަފުށީ ދާއިރާއަށް ތަރައްގީގެ ބޮޑެތިމަޝްރޫއުތައް ގެނެސް ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭން ސަރުކާރުން ގެންގުޅޭ ތަސައްވަރު އެ ދާއިރާގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފިއެވެ.

ހޯރަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ސަލީމަށް ތާއީދު ހޯދުމަށް ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މި ދާއިރާގެ ރައްޔިތުން އެދިވަޑައިގަތް އެދުންތަކެއް ހުރިކަމަށާއި އެންމެ ބޮޑު ކަމަކީ އެއާޕޯޓުގެ މަޝްރޫއު ހޯރަފުއްޓަށް ބަދަލުކުރުންކަމަށެވެ. 

ހޯރަފުށީ ދާއިރާއަށް ގެންނަވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް، މަގުތަކުގައި ތާރު އަޅައި ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ތުރާކުނުގައި ބިން ހިއްކުމާއި އުލިގަމުގައި ފެނާއި ނަރުދަމާ ގާއިމްކޮށް، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ސިޓީ ހޮޓަލުގެ މަޝްރޫއު އަލުން ފަށައި ބަނދަރުކުރާ ޔޮޓުތަކުގެ ފީ ކުޑަކުރުންހިމެނެއެވެ.

ރައީސް ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓް އެޅިގެންދާ އިރު މި ސަރަހައްދަށް ލޯކަލް ޓޫރިޒަމާއި ޓޫރިޒަމް ފުޅާވެގެންދާއިރު އުލިގަމަކީ މިކަމަށް އެންމެ އެކަށީގެންވާ ރަށް ކަމަށް ވެގެން ދާނެކަމަށެވެ.

 

 

މިއަދު އޮންލައިން