އެޕްރިލް މަހުގެ 6 ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބް ބާއްވާ ތާރީޚް ފަސްކުރަން ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށާއި އިންތިޚާބު ފަސް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިންތިޚާބަށް ކެންޕޭނު ކުރެއްވުމަށް މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމުން ކޮށްފާނެ ކަމަކަށް "މިތިބީ ހޭލައި" ކަމަށެވެ. އަދި އިންތިޚާބު ފަސްކުރުމުގެ ފުރުޞަތު ނުއޮނަނާނެ ކަމަށެވެ. "ޕީޕީއެމުން އެ މަސައްކަތްކުރަނީ އެމީހުން ވެރިކަމުގައި ތިބި އިރުވެސް ކަންކަން ކުރި ގޮތަށް ކަންކަން ކުރަން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ވައްކަން ނުކުރާ ވަރަށް ވައްކަން ކޮށްފައި ކަމަށާއި ވައްކަން ކުރުމަށް މަގުފަހިވިއަދީގެން ނުވާނެ ކަމަށެވެ. އަދި އެފަދަ އަނދަވަޅަކަށް ވައްޓައިލުމުގެ ފުރުޞަތު ދެން ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.