ތިމަރަފުށީ ކައުންސިލުގެ ރައީސް އިސްމާޢީލް އިބްރާހީމް، މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ޢަބްދުﷲ ރިޔާޟަށް ތާއީދުކުރައްވަން ނިންމެވުމުން ޢަބަދުﷲ ރިޔާޟް އިސްމާޢީލް އިބްރާހީމްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އިސްމާޢީލް އިބްރާހީމް އަށް މަރުޙަބާ ވިދާޅުވެ ރިޔާޟް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެހީތެރިކަމާއިއެކު ދާއިރާގެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ކޮޅުމަޑުލުގައި ވެރިކަން ކުރާ ރަށަކީ ވޭމަންޑޫކަމަށްވެފައި އަދި ވިޔަފާރީގެ ގޮތުން ތިމަރަފުށި ކުރިއަރާފައިވީނަމަވެސް 2 ރަށުގައި އަސާސީ ގިނަ ޚިދުމަތްތަކެއް ފުރިހަމަކުރަންޖެހިފައިވާކަން ޢަބްދުﷲ ރިޔާޟް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
Thimarafushi Rashu Council Raees Ismail Ibrahim alhugandah thaaeedhu kurahvan nimmevi kamahtakai varah bodah shukuriyyaa! Raees @ibusolih ge sarukaaruge eheetherikamaaieku dhaairaa tharahqee kurumah gulhigen masahkaiy kuraane kamuge yaqeenkan aruvan! pic.twitter.com/pwUK56FfPJ
— Abdulla Riyaz MP (@riyazabdulla) March 30, 2019