(يُدْنَى الْمُؤْمِنُ مِنْ رَبِّهِ يَوْمَ الْقِيَامَةِ حَتَّى يَضَعَ عَلَيْهِ كَنَفَهُ ثُمَّ يُقَرِّرُهُ بِذُنُوبِهِ ، فَيَقُولُ : " هَلْ تَعْرِفُ " ، فَيَقُولُ : يَا رَبِّ أَعْرِفُ ، حَتَّى إِذَا بَلَغَ مِنْهُ مَا شَاءَ اللَّهُ أَنْ يَبْلُغَ ، قَالَ : " إِنِّي سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ " ، قَالَ : " ثُمَّ يُعْطَى صَحِيفَةَ حَسَنَاتِهِ ، أَوْ كِتَابَهُ بِيَمِينِهِ " ، قَالَ : " وَأَمَّا الْكَافِرُ ، أَوِ الْمُنَافِقُ فَيُنَادَى عَلَى رُءُوسِ الْأَشْهَادِ " ، قَالَ خَالِدٌ : فِي الْأَشْهَادِ شَيْءٌ مِنَ انْقِطَاعٍ هَؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ سورة هود آية 18) މާނައަކީ: "މުއިމިނާ ގިޔާމަތް ދުވަހުގައި އޭނާގެ ރައްބާއި ގާތް ކުރެއްވޭނެއެވެ. އަދި ﷲ ތަޢާލާ އިންސާނާ ފޮރުއްވާލައްވާނެއެވެ. ދެން އޭނާގެ ފާފަތަކަށް އިޢްތިރާފްވާނެއެވެ. ﷲ ވަޙީ ކުރައްވާނެއެވެ. މިކަންތައް އެނގޭ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އެނގެއެވެ. އެގޮތަށް އޭނާކޮށްފައިވާ އެތައް ކަމެއްގެ ވާހަކަ އިން ސުވާލު ކުރެއްވުމުން އޭނާ އެކަމަށް އިޢްތިރާފްވާނެއެވެ. އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އެކަންތައްތައް ދުނިޔެމަތީގައި ވަންހަނާ ކޮށް ދެއްވީމެވެ. އަދި މިއަދު އެކަންތަކަށް ތިބާ އަށް މާފްކޮށް ދެއްވައިފީމެވެ." ދެން އޭނާގެ ޢަމަލުތަކުގެ ފަތް ކަނާއަތަށް ދެއްވޭނެއެވެ. ނަމަވެސް ކާފިރުންނާއި މުނާފިގުންނަށް ގޮވާލެއްވޭނެއެވެ. އަދި އެމީހުންނާއި ދެކޮޅަށް ހެކިބަސްދިން ފަރާތްތައް ބުނާނެއެވެ. "އުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނުމީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّهގެ لعنةހުށްޓެވެ."
(لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ) އެހިނދު މީސްތަކުންނާއި މުޚާޠަބު ކުރައވާ ﷲ ވަޙީ ކުރައްވާނެއެވެ. "ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةއަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ" ޙަދީޘް ގައި އައިސްފައިވާ ފަދައިން މީސްތަކުން މަޙްޝަރު ކުރެވެނީ އޮރިޔާން ޙާލުގައެވެ. ފައިވާނަކަށް ނާރައެވެ. ޚިތާނުކުރުމަށް ބުރިކޮށްލި ހަންކޮޅު އަލުން ހުންނާނީ ގުޅިފައެވެ.
ސޫރަތުލް އަންޢާމްގެ 94 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ جِئْتُمُونَا فُرَادَىٰ كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ ﴿٩٤﴾) މާނައަކީ: " އަދި (محشرއަށް ފޮނުއްވާހިނދު، އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرةއަށް ތިޔައައީ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ شفاعةތެރިން ވަނިކޮށެއް ނުފެނެއެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި شريكން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (شفاعةތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެއެވެ."
ދެން ގިޔާމަތް ދުވަހުގައި މީސްތަކުން އަލުން ދިރުއްވާނެ ކަމަށް އިންކާރު ކުރާ މީހުންނާއި މުޚާޠަބު ކުރައްވާ ވަޙީ ކުރައްވާނެއެވެ. .( بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨﴾) މާނައަކީ: " އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشرއަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ." ތިޔަބައިމީހުންގެ ޢަމަލުތަކަށް ތިމަން ﷲ ޖަޒާ ދެއްވާނެ ކަމާއި މެދުގައި އިންކާރު ކުރީމުނޫން ހެއްޔެވެ؟ ﷲ ގެ ވަޢްދާއި ވަޢީދަށް އިންކާރު ކުރީމު ނުންހެއްޔެވެ؟ މިއަދު ވާނީ ތިޔަބައިމީހުންނަށް އެކަންތައް ފެނި، އެކަމުގެ ރަހަ ފެނިފައެވެ.
(وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ﴿٤٩﴾)
(وَوُضِعَ الْكِتَابُ ) މީސްތަކުންގެ ޢަމަލުތަކުގެ ފަތް އެބައިމީހުންގެ މެދުގައި ބަހާލެވޭނެއެވެ. އެހިނދުގައި ކަނާއަތަށް ފަތް ލިބޭ ބަޔަކާއި ވާއަތަށް ފަތްލިބޭ ބަޔަކު ވެއެވެ.
( فَتَرَى الْمُجْرِمِينَ ) މިތަނުގައި (الْمُجْرِمِينَ ) ގެ މާނައަކީ ކާފިރުންނެވެ. ނުވަތަ ކުއްވެރިންނެވެ.
( مُشْفِقِينَ مِمَّا فِيهِ) އެފޮތުގައިވާ އެއްޗަކާއި މެދުގައި އެބައިމީހުން ބިރުގަންފައިތިބޭތަން ފެންނާނެއެވެ. ސަބަބަކީ އެބައިމީހުން ދުނިޔެމަތީގައި ކޮށްފައިވާ އެންމެހައި ނުބައިކަންތައްތަކުގެ ވާހަކަ އެފޮތުގައި ލިޔެވިފައިވާތީވެއެވެ.
އެފޮތުގައި އެބައިމީހުން ބުނެފައިވާ ބުނުންތަކާއި ކޮށްފައިވާ ކަންތައްތައް ލިޔުއްވާފައިވާތަން ފެނުމުން އެބައިމީހުން ބުނާނެއެވެ. (مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ ) ތިމަންމެން ކޮށްފައިވާ ކުޑަކަމެއްވިޔަސް ބޮޑުކަމެއްވިޔަސް މިފޮތުގައި ނުލިޔުއްވާ ދޫކޮށްލައްވާފައި ނެތެވެ.
(وَوَجَدُوا مَا عَمِلُوا حَاضِرًا )"އަދި އެއުރެންކުޅަ އެންމެހައި عملތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ."
(وَلَا يَظْلِمُ رَبُّكَ أَحَدًا ) " ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." ސޫރަތު ޠާހާގެ 112 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا ﴿١١٢﴾ ) މާނައަކީ: " އަދި مؤمنއަކު ކަމުގައިވާ حال، صالحعملތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އަނިޔާއެއް ލިބިދާނެކަމަކަށް އަދި حقއެއް އުނިވެދާނެކަމަކަށްވެސް އޭނާ ބިރެއް ނުގަންނާނެތެވެ."
(وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾ )
(إِذْ ) މިއީ މަޙްޛޫފްވެފައިވާ ފިޢްލެއްގެ މަފްޢޫލު ބިހީ އެކެވެ. ތަގްދީރަކީ "ﷲގެ ޙަޟްރަތުގައި އާދަމްގެ ދަރިންގެ ދަރަޖަ މަތިވެރިވެގެންވާ ކަން ބަޔާންކޮށްދެއްވާ، އެބައިމީހުން ޢިބްރަތް ޙާޞިލް ކުރުމަށްޓަކައި ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ކިޔައިދެއްވާށެވެ.
(لِلْمَلَائِكَةِ) މަލާއިކަތުންނަކީ ކޮބާ :މަލާއިކަތުންނަކީ ﷲ ތަޢާލާގެ މަޚްލޫޤާތްތަކުގެ ތެރެއިން ޢައިބުގައިވާމަޚުލޫޤެކެވެ. މަލާއިކަތުން ހައްދަވާފައިވަނީ ނޫރުންނެވެ. އެމަލާއިކަތުންނަކީ ހަމައެކަނި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެއިލާހުއަށްހަޟްރަތަށް ބޯ ލެނބުމުގެ ޞިފަ ލައްވާފައިވާ މަޚްލޫޤެކެވެ. ބޮޑާވުމާއި ﷲތަޢާލާއަށް އުރެދުމުގެ ޞިފަ އެ މަލާއިކަތުންގެ ކިބައިގައި ނުވެއެވެ. އަދިކޮންމެ މަލާއިކަތަކަށްވެސް ޚާއްސަ وَظِيْفَةއެއް ހަވާލުކުރެވިފައިވެ.
އެގޮތުން ޖިބްރީލުޢަލައިހިއްސަލާމް އަކީ ވަޙީގެ މަލާއިކާތާއެވެ. ﷲ ތަޢާލާގެ އިޒްނައާއި އެކުފުރާނަތައް ހިއްޕެވުމުގެ މަލާއިކަތާއަކީ މަލަކުލްމައުތުޢަލައިހިއްސަލާމެވެ. އަދި މިނޫނަސް އެ ބޭކަލުންގެ ނަންފުޅުތަކާއި وَظِيْفَةތައް ކީރިތި ޤުރުއާނައި ނަބިއްޔާޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ޞައްޙަޙަދީޘްތަކުން އެނގެންހުރިމަލާއިކަތުންވެއެވެ.
- ނުނިމޭ -