"ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 29ސ
"ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކުރި "ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެތުން ފަށާފައިވަނީ މިއަދު ހަވީރު މާލެ އަތޮޅު ފުނަދުއިންނެވެ. 7 ކިލޯމީޓަރުގެ މި ފެތުން ނިންމާލާފައިވަނީ ޢިއްޒުއްދީން ފާލަމަށެވެ. މި ހަރަކާތުގައި އެކި އުމުރުފުރައިގެ 100 އަށްވުރެ ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން