ހުޅުމާލެ ސްވިމިންގ ޕޫލް ބޭނުންކުރަން ފަށަން މަޝްވަރާ ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުޅުމާލެ ސްވިމިންގ ޕޫލް ބޭނުންކުރަން ފަށަން މަޝްވަރާ ކުރަނީ!

ހުޅުމާލޭގައި މިހާރުވެސް ސްވިމިންގ ޕޫލެއް ހަދާފައި އެބައޮތްކަމަށާއި އެ ޕޫލް ބޭނުންކުރަން ފެށުމަށް ނިންމަން ޖެހޭ ކަންކަން ނިންމަން ޔޫތް މިނިސްޓްރީން މިހަފްތާގައި އެޗްޑީސީ އާއިއެކު ޕޮލިސީ ލެވެލްގައި މަޝްވަރާކުރަން ފަށާނެ ކަމަށް ޔޫތް މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަލީ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވީ މިސަރުކާރުގެ 100 މަސައްކަތު ދުވަސް ހަމަވާނީ އެޕްރިލްމަހުގެ 12 ވަނަ ދުވަހަށް ކަމަށާއި އެހެންކަމުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްވިމިންގ ޕޫލުގެ ހިމެނޭޓޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޠޫތް މިނިސްޓްރީން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ނުނިމި އޮތް ހަމައެކަނި ކަމަކީވެސް ސްވިމިންޕޫލުގެ ކަންތައް ކަމަށެވެ.

ޢަލީ ވަޙީދު ވިދާޅުވީ ހުޅުމާލޭގައި ހަދާފައި އޮތް ސްވިމިންގޕޫލް ބޭނުންކުރެވޭ ގޮތް ވުމުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސްވިމިންގޕޫލް ބޭނުން ކުރެވޭނެ ގޮތްވެސް ހަަމޖެހިގެންދާނެ ކަމަށެވެ.

"ސްވިމިނގ ޕޫލް އަޅަން މާލެއިން ލިބިފައިވާ ބިމަކީ އާބިޓްރޭޘަންގަ އޮތް ބިމެއް. އަޅުގަނޑުމެން ބޭނުމެއް ނޫން އިންތިޚާބުތަކަށް ކަޑަޖަހާ ސަރުކާރަކަށް ވާކަށް. އަދި ކުޅިވަރުގެ އެއްވެސް ކަމެއް ސިޔާސީ ކުރާކަށްވެސް ބޭނުމެއް ނޫން. އެހެންވީމާ މިކަން މިހާރު މިވީއޭ، މިކަން ކުރަން މިހާރު ކުރަހަން ފެށީއޭ ބުނަން ބޭނުމެއް ނުވޭ." ޢަލީ ވަޙީދު ވިދާޅުވިއެވެ

މިއަދު އޮންލައިން