ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ނިވާކަން ކުޑަކޮށް އުޅޭތީ އާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބަލާތީ އާއި އިސްލާމް ދީނުގެ ޙުކުމްތަކާއި ތަޢާރަޟްވާ ގޮތަށް ސަރުކާރުން ކަންކަން ކުރާތީ ފަދަ ކަންކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ބަސްފުޅު ވިދާޅުވަމުން ގެންދަވަނީ ﷲ ތަޢާލާއަށްޓަކައި ނޫންކަމަށް ސިފަވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދަށް ޤަބޫލުފުޅު ކުރެއްވެވޭނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އަށް ނިޞްބަތް ކުރައްވައި އެމަނިކުފާނު ދީނީ ފަތުވާ ނެރުއްވަނީ އުޖޫރަ ނަންގަވައިގެން ކަމަށާއި އަދި ކަންނެލި އޮޑިއެއް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެ އަދި އިސްލާމް ދީނުގެ ކަންކަމުގައި ބަސްފުޅު ވިދާޅުވާ އެހެން ދީނީ ޢިލްމުވެރިންވެސް އެ ބަސްފުޅުގައި ރައީސް ނަޝީދު ހިމެނުއްވުމުން އެވިދާޅުވީ އެބޭފުޅުން ފަތުވާ ނެރުއްވަނީ ﷲ ތަޢާލާއަށްޓަކައި ނޫން ކަމަށެވެ. އަދި އަމިއްލަ މަންފާ ހޯއްދެވުމަށް ކަމަށެވެ.
ރައީސް ނަޝީދު ކަންނެލި އޮޑީގެ ވާހަކަ ދެއްކެވިއިރު އެކި ގޮތްގޮތަށް އެކި ފޯރަމްތަކުގައި ކަންނެލި އޮޑީގެ ވާހަކަތައް ދެކެވޭތާ 8 އަހަރުވީއެވެ. ޝައިޚް އިލްޔާސް ވަނީ އެތައްފަހަރަކު އެކަން ދޮގުކުރައްވައިފައެވެ. އަދި ޝައިޚްގެ އެއްވެސް ދޯންޏެއް އޮތްކަން ހާމަކޮށްފިނަމަ އެމީހަކަށް އެ ދޯނި ހަދިޔާ ކުރައްވާނެ ކަމަށްވެސް ވަނީ އެތައްފަހަރަކު ވިދާޅުވފައެވެ. ނަމަވެސް 8 އަހަރުވީއިރުވެސް މިއަޑާއި ހަމައަށްވެސް އެއްވެސް މީހަކަށް އެ ބުނާ ކަންނެލި އޮޑި ދެއްކިފައެއް ނުވެއެވެ. ޝައިޚް އިލްޔާސް ޙުސައިން ދާދިފަހުންވެސް ވިދާޅުވީ އެބުނާ އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބުނި މީހަކަށްވެސް އުޅަނދު ހަދިޔާ ކުރައްވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޝައިޚް އިލްޔާސް މިއަދު ވިދާޅުވީ ކިތަންމެ ވަރަކަށް ޝައިޚްގެ ޒާތާއި ބެހުނު ނަމަވެސް ރައްދު ނުދެއްވާނެ ކަމަށެވެ. ނަމަވެސް ކީރިތި ޤްރުއާނާއި ސުންނަތުން ދަލީލު ދައްކަވަމުން ގެންދަވާނެ ކަމަށެވެ. ދިނުގައި ކަންކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތެއް ނޯންނާނެކަމަށް ރައީސް ނަޝީދު މިހާރު ވިދާޅުވަމުން ގެންދެވި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ ފައްޅި އަޅަން ބޭނުން ވެގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން އިސްލާމިކް މިނިސްޓްރީ އަށާއި ފިޤްހް އެކަޑަމީއަށް ސިޓީ ފޮނުވައިފައެވެ. އެހެންކަމުން ރައީސް ނަޝީދަށް މަޖިލީހުގެ މެޖޯރިޓީ މިހާރު ލިބިވަޑައިގެންނެވި ނަމަވެސް އަދި ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ނަމަވެސް ރާއްޖޭގައި ފައްޅި އަޅަން ރައީސް ނަޝީދު މަސައްކަތްކުރައްވާނެކަން އެއީ ޝައްކުކުރަން ޖެހޭ ކަމެއް ނޫނެވެ
Dheenugai kameh onnagoi bunedhinumun iyah furagas dhinumakee havaa nafusah thabaavun adhi magufuredhumeh
— Ilyas Hussain (@shkilyas) March 29, 2019
Dheeneegothun a e hudhdha kameh thoa nuvatha noonthoa belumakee lazimukameh enooniyya ekameh kamiyaabu nuvane visnavalavva pic.twitter.com/xYaJStPoVO