އެކާވީސް ރަށުގަ ފުޓްސެލް ދަނޑު އަޅާނެ ތަކެތި ޗައިނާ ސަރުކާރުން ހަދިޔާކޮށް ދަނޑުތައް އަޅައިދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެކާވީސް ރަށުގަ ފުޓްސެލް ދަނޑު އަޅާނެ ތަކެތި ޗައިނާ ސަރުކާރުން ހަދިޔާކޮށް ދަނޑުތައް އަޅައިދެނީ!

ރާއްޖޭގެ 21 ރަށެއްގައި ފުޓްސެލް ދަނޑު އަޅާނެ ތަކެތި ޗައިނާ ސަރުކާރުން ހަދިޔާކޮށް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްޔަމުން ޔޫތް މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޢަލީ ވަޙީދު ވިދާޅުވީ ފުޓްސެލް ދަނޑުތައް އަޅާނީވެސް ޗައިނާގެ ކުންފުންޏަކުން ކަމަށާއި އެކަމާއި ބެހޭ މަސައްކަތްތައް ރާއްޖޭގައި ހުންނަ އެމްބަސީ އާއިއެކު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ޢަލީ ވަޙިދު ވިދާޅުވީ ފުޓްސެލް ދަނޑުތައަ އަޅާނެ ރަށްތައް ކަނޑައަޅާފައިވަނީ ކުރިން އަމަލުކުރަމުން އަންނަ ފަދައިން ރަށުގެ ސައިޒަށް ބަލައިގެން ނޫން ކަމަށާއި އެންމެ ކުދި ރަށްތަކުގެ ތެރޭގައި ހިމެނޭ ށ. ނޫމަރާ ވެސް ލިސްޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި ރަށްތަކަށް ފުޓްސެލް ދަނޑު އަޅާނެ ތަކެތި ފޮނުވުމުގެ މަސައްކަތް ހުކުރު ދުވަހު (އިއްޔެ) ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުޓްސަލް ދަނޑު އެޅުމަށް ނިންމާފައިވާ 21 ރަށަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫއެވެ.

މިއަދު އޮންލައިން