ރައީސްގެ ތަޢްރީފް ފުލުހުންނަށް - އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވަނީ ފުލުހުންގެ މުއައްސަސާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސްގެ ތަޢްރީފް ފުލުހުންނަށް - އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވަނީ ފުލުހުންގެ މުއައްސަސާއަށް!

މިސަރުކާރުގެ ވެރިކަމުގެ 4 މަހެއްހައި ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވާކަމަށް ވިދާޅުވެ ފުލުހުންގެ ޚިދުމަތަށް ގެންނަމުންދާ ހެޔޮ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢްރީފް ކުރައްވައިފިއެވެ. 

"އެކަމަށްޓަކާ ހުރިހާ ފުލުހުންނަށް އަޅުގަނޑޫ މަރުޙަބާ އާ ޝުކުރު ދަންނަވަން!" 

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމާއިއެކު ފުލުހުންގެ މުއައްސަސާ އިޞްލާޙް ކުރެއްވުމުގެ މަސައްކަތްޕުޅު ފަށްޓަވާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ގުޅޭގޮތުން ކުރައްވަން ނިންމެވި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާކަން ވެސް ފާހަގަކުރައްވާ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފުލުހުންގެ ކަންކަން ރަނގަޅުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަހާސިންތާއެއް ބޭއްވުމުގެ އިތުރުން އެންވަޔަރަންމަންޓް ޕޮލިސް ޤާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް އިތުރަށް ފުރިހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް ފާހަގަކުރައްވާ ކަމަށެވެ. "ފުލުހުންގެ ޚިދުމަތް އިބްލާޙްކުރަން ރައްޔިތުންގެ ޚިޔާލުހޯދަން ނިންމީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ވަރަށް ގާތުން ދޭ ޚިދުމަތަކަށްވާތީ. ޢާންމުންގެ ފަރާތުން މި މަހާސިންތާގައި 737 ޚިޔާލު ލިބިފައިވާކަން ފާހަގަކުރަން. ފުލުހުންގެ ސްޓްރެޖިކް ޕްލޭން އެކުލަވާލާފައިވާނީ ފުލުހުންނާ ރައްޔިތުންގެ ޚިޔާލުތަކާއިއެކު." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން