ދައުލަތުގެ މާލީ ޙާލަތު ހާމަކުރަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން އަނގައިދޭން: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 31ސ
ދައުލަތުގެ މާލީ ޙާލަތު ހާމަކުރަނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން އަނގައިދޭން: ރައީސް

ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލީ ބަޔާން ޢާންމުކޮށްގެން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ، މިސަރުކާރުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް  ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު އެއީ ރައްޔިތުންނަށް އެނގެންޖެހޭ ކަމެއް ކަމަށާއި ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. 

"މިއީ ދެފުށް ފެންނަ އުޞޫލުން ދައުލަތް ހިންގުމަށާއި، ޖަވާބުދާރީވަނިވި ސަރުކާރެއް އުފެއްދުމަށް ވަރަށް މުހިންމު ކަމެއް. އެގޮތުން، ދައުލަތުގެ މާލީ ތަފްޞީލުތައް، ފިނޭންސް މިނިސްޓްރީން އެ ދަނީ ކޮންމެ ހަފުތާއަކު އެއްފަހަރު ޝާޢިއުކުރަމުން."   

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރު ފެށިގެން އައީ، ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ޙައްލުކޮށްދޭނެ ކަމުގެ ވަޢުދާއެކު، އަދި ރައްޔިތުންނަށް ވަރަށް ބޮޑެތި އުންމީދުތަކެއް ދެމުން ކަމަށާއި އެ އުންމީދުތައް ޙަޤީޤަތަކަށް ވުމުގެ އިންތިޒާރުގައި، ފަސް އަހަރު ވަންދެން ރައްޔިތުން ތިބެން ޖެހުމަކީ، ހެޔޮ ވެރިކަމެއްގެ ސިފައެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

މިސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް  ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރައްޔިތުން މިސަރުކާރުގެ ތެރެއިން ކުރާ ގިނަ އުންމީދުތަކެއް ހުރުމުން ސަރުކާރުން ނިންމީ، ރައްޔިތުން އެންމެ ބޭނުންވި ކަންކަން، ކުރު މުއްދަތުގެ ތެރޭގައި ކޮށްދޭން ކަމަށާއި  އެއިގެތެރޭގައި، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަކީ، ރައްޔިތުން އެންމެ ބޭނުންވި އެއް ކަންތައް ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

މިދިޔަ ސަރުކާރުގައި ރައްޔިތުންގެ ޙައްޤުތަކަށް އެންމެ ބޮޑަށް އަރައިގެންފައިވަނީ، ރައްޔިތުން އެންމެ ބޮޑަށް ފުރިހަމަވާން ބޭނުންވާ ކަންކަމުގައި. މި ދެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަ. ވަރަށް ނާޖާއިޒު ގޮތެއްގައި، އަދި ޙައްޤު ނޫން އެތައް ބަޔަކަށް ފްލެޓްތައް ބަހައިލީ، ރައްޔިތުން އާދޭސް ކޮށްކޮށް ތިއްބައި. އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަތައް ބަލަމުން. ދެން އޮތީ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމުގެ މައްސަލަ. އެފަދަ މީހުންގެ ވަޒީފާ އިޢާދަކޮށްދިނުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު އެދަނީ ހިނގަމުން. 

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދު. ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައި ހުރި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް އަޅުގަނޑުމެން މިހާރު މި އަންނަނީ، އެ ކައުންސިލްތަކަށް އަނބުރާ ދެމުން. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މިހާރުވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި.

މި އިޞްލާޙުތަކާއެކު ރާއްޖޭގެ ހިންގުމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ. ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މި ހުށަހެޅި އިޞްލާޙުތަކުގެ ތެރެއިން، އެންމެ މުހިއްމު އެއްކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް އިންސައްތަ ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް، މި ބިލުގައި ވާނީ ހިމަނާފައި.

އަދި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިމާއި، ރަށްރަށާއި، ފަޅާއި ފަރުތަކުން ނެގޭ، ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ސާޅީސް އިންސައްތަ، ސީދާ އެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެހިގެންދާނެ. އަދި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުންގެ ތެރެއިން ތެއްތިރީސް އިންސައްތަ، އަންހެނުންނަށް ޚާއްޞަ ކުރެވިގެންދާނެ. މީގެއިތުރުންވެސް މުހިންމު އިޞްލާޙުތަކެއް، މި ބިލުގައި ހިމެނޭނެ.

މިއަދު އޮންލައިން