ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާ ނާޖާއިޒް ފައިދާގެ ސަބަބުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާ ނާޖާއިޒް ފައިދާގެ ސަބަބުން: ރައީސް ޞާލިޙް

 

ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން ކަމަށާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި، މިކަންތައްތައް ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

މިސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް  ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވެސް ވިދާޅުވީ ކޮރަޕްޝަނާ ގުޅޭގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ ޢަމަލުތައް ރިޕޯޓް ކުރުމަށް، ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް މިހާރު ވަނީ އާންމުންނަށް ހުޅުވައިލާފައި ކަމަށެވެ.

ކޮރަޕްޝަން ނައްތައިލުމުގެ ވަޢުދުގެ ތެރެއިން، ވިސްލް ބްލޮވިންގ ޕްރޮޓެކްޝަން ބިލާއި، ނުޙައްޤު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވާނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ކަމަށާއި ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރާ ބޭފުޅުންނާއި، އެބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި، މާލީ ބަޔާން ހުށަހެޅި، އޭގެ މުހިންމު މަޢުލޫމާތުތައް މިހާރުވަނީ ޢާންމުކުރަން ފަށާފައި ކަމަށާއި މިކަމުގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވާ ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. 

މިއަދު އޮންލައިން