މިސަރުކާރުގެ ވެރިކަމުގަ ދައުލަތުގެ ރަސްމި ރިޒާވް 213 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ވެރިކަމަށް 100 މަސައްކަތު ދުވަސް ފުރުން ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 592 މިލިއަން ޑޮލައރު ކަމަށާއި މިމަހުގެ 20 ވނަ ދުވަހާއި ހަމައަށް އެ އަދަދު ވަނީ 805 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްއަކީ 171 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މިހާރު އެއަދަދު ވަނީ 242 މިލިއަން ޑޮލަރަށް މަތިކުރެވިފައި ކަމަށެވެ. މިއީ 71 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ދައުލަތުގެ މާލީ ޙާލަތު ރައްޔިތުންނަށް އެނގެން ޖެހޭނެތީ އެކަން ފިނޭންސް މިނިސްޓްރީން ޢާންމުކޮށް އިއުލާނުކުރަމުން ގެންދާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.