މުޅިރާއްޖޭގެ ކަރަންޓްގެ އަގު ހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މުޅިރާއްޖޭގެ ކަރަންޓްގެ އަގު ހެޔޮކޮށްފި

އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުނާއި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މާޗް 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢްލާނު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ބަދަލުގެ ސަބަބުން ގެއެއްގެ ކަރަންޓް ބިލަށް މިހާރު 2200 ރުފިޔާ ދައްކަން ޖެހޭނަމަ ދެން ދައްކަން ޖެހޭނީ 1700 ރުފިޔާ ކަމަށެވެ. އަދި ވިޔަފާރިކުރާ ތަނަކުން މަހަކު 4600 ރުފިޔާ ދައްކަން ޖެހޭނަމަ ދެން ދައްކަން ޖެހޭނީ 3400 ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައިވެސް ވިޔަފާރިތަކުން ނަގާނީ އެއް އަގެއް ކަމަށެވެ.

މީގެ އިތުރުން ޑީސަލުން ނަގަމުން އައި ޑިޔުޓީ ކަނޑާލައި 5 އިންސައްތަ ތެލުގެ އަގު ހެޔޮވުމުން އަންނަ ބަދަލުވެސް ބިލުން އުނިކުރެވިގެންދާނެ ކަމަށެވެ. އަދި މިދަލުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން