12 މިލިއަން ޑޮލަރު ހަމަޖައްސައި، ކިނބިދޫ ދާއިރާގެ 5 ރަށުގަ ފެނާ ނަރުދަމާގެ އަޅާނެ އިންވެސްޓަރަކު ޢަބްދުﷲ ރިޔާޟް ހޯއްދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
12 މިލިއަން ޑޮލަރު ހަމަޖައްސައި، ކިނބިދޫ ދާއިރާގެ 5 ރަށުގަ ފެނާ ނަރުދަމާގެ އަޅާނެ އިންވެސްޓަރަކު ޢަބްދުﷲ ރިޔާޟް ހޯއްދަވައިފި

12 މިލިއަން ޑޮލަރު ހަމަޖައްސައި، ކިނބިދޫ ދާއިރާގެ 5 ރަށުގަ ފެނާ ނަރުދަމާ އަޅާނެ އިންވެސްޓަރަކު ކިނބިދޫ ދާއިރާގެ މެންބަރު، ޖޭޕީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ހޯއްދަވައިފިއެވެ.  

ޢަބްދުﷲ ރިޔާޟް މިއަދު ވިދާޅުވީ ކިނބިދޫ ދާއިރާގެ 5 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު އެޅުމަށް ޝައުޤުވެރިވާ ރާއްޖެއިން ބޭރުގެ އިންވެސްޓަރަކު ހޯއްދެވުމަށްފަހު މިއަދު ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަށް 12 މިލިއަން ޑޮލަރުވެސް ހަމަޖައްސާފައިވާ ކަމަށެވެ.  

މިއީ ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ދާއިރާއަށް އަމިއްލަ މަސައްކަތުން ހޯދި އެންމެ ބޮޑު މަޝްރޫކަން ފާހަގަކުރެވެއެވެ.

ޢަބްދުﷲ ރިޔާޟް މެދުވެރިވެވަޑައިގެން ހޯއްދަވާފައިވާ ބައެއް މަޝްރޫއުތައް މިހާރުވެސް އެ އަތޮޅުގެ ބައެއް ރަށްރަށުގައި ދަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން