ގދ. ތިނަދޫ ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ލެވެލް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި ހަދަންޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ އަދި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 11 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވެސް ހެލްތް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.
ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް, ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީ.އޯ.ކިއު.ހަދާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި pic.twitter.com/ha5n6l4VqN
— Ministry of Health (@MoH_mv) March 27, 2019