ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމުގެ ކުރިން މަޖިލީހުން ގަރާރެއް ފާސްކުރަން ޖެހޭނެ ކަމަށް އެކޯޓުން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުން މހެން ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގައި ވަޒީރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ އުސޫލެއް ހިމެނުމަށް އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދުމުން ކޯޓުން ޖަވާބުގައި ފޮނުވި ސިޓީގައެވެ.
މިސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާއަށް ރިއާޔަތް ކޮށް، ގަރާރެއް ފާސްކުރުމަށް ފަހު ނޫނީ ލަފާ ހޯދުމަށް ނޭހޭނެ ކަމަށާއި ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި މަޖިލީހުން ގަރާރެއް ފާސްކުރުމަށް ފަހު އިސްތިޝާރީ ލަފަޔަށް އެދެވޭނެ ކަމަށެވެ.
މިކަމަކީ މަޖިލީހުގެ ހައިބަތާއި ގަދަރު ގެއްލޭ ކަމެއް ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިއަދު މަޖިލީހުގައި އަޑުއުފުލާފައެވެ.