ހީލަތްތެރި ރޭވުން ރާވާކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ތުހުމަތު ކުރައްވާ ބައަކަށް އަދާލަތު ޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ތާއީދުކުރާތީ ޝައިޚް ޝަފީޢު ޢަބްދުﷲ ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.
"އޮޅުވާލައިގެން ކަންކަން ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމާއިމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވިދާޅުވެ އަދި ރައްޔިތުން ބޭނުންވާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުން ނިންމާފައިވަނިކޮށް ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ފަހަތުގައި ވަނީ ކޮން ކަހަލަ ބޭނުމެއްތޯ؟
ސުވާލު ކުރައްވައި ޝައިޚް އިލްޔާސް މިއަދު ޓްވީޓް ކުރެއްވުމުން ޝައިޚް ޝަފީޢު ވިދާޅުވީ ޝައިޚް އިލްޔާސްގެ ވާހަކަފުޅަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ތާއީދު ނުކުރައްވަނީ "ތިއަ ވިދާޅުވާ ފަދަ ކަންކަން ރާވަމުންދާ ބައަކަށް މަޖިލިސް އިންތިޚާބުގައި އެއްބާރުލުން ދިނުމަށް، އަދާލަތު ޕާޓީން ނިންމި ނިންމުމަށް" ކަމަށެވެ.
ޝައިޚް ޝަފީޢް ވިދާޅުވީ ޝައިޚް އިލްޔާސް އަކީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަމަށްވުމުން ޢިލްމުވެރިންގެ މަޖިލީހަށް، ޕާޓީގެ އެނިންމުން ވީޓޯ ކުރެއްވޭނެ ކަމަށެވެ.