ވަރަށް ހީލަތްތެރިކަމާއިއެކު، ރައީސް ޞާލިޙްގެ ދައުރު ފެށޭއިރަށް ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަޞްލަހަތަށް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވަރަށް ހީލަތްތެރިކަމާއިއެކު، ރައީސް ޞާލިޙްގެ ދައުރު ފެށޭއިރަށް ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަޞްލަހަތަށް: ޝައިޚް ޢަލީ ޒައިދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރު ފެށޭއިރަށް ރާއްޖޭގައި ވެރިކަންކުރާ ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަނީ ސީދާ އަމިއްލަ މަޞްލަހަތަށްޓަކައި އަދި އަމިއްލަ އެޖެންޑާއަށްޓަކައި ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމަށް ރައްޔިތުން ހޮވީ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށާއި ދިވެހިރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށް، ރައްޔިތުން ނިންމާފައި ވަނިކޮށް، ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަމުން ގެންދިއުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ނުކޮށް، ވަރަށް ހީލަތްތެރިކަމާއިއެކު ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 5 އަހަރު ނިމެންދެން ވެސް ވެރިކަމަށް ވަޑައި ނުގެން ނުހުންނެވޭނެކަމަށް ރައީސް މުޙައްމަދު ނަޝީދު ޔޫރަޕުގައި ހުންނަވައިގެންވެސް ވިދާޅުވި މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ.

 

 

މިއަދު އޮންލައިން