ޒައިނަބުގެ ޖަވާބުން މާޔޫސްވެ ފިލި އެތީސްޓް ޓީޗަރުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޒައިނަބުގެ ޖަވާބުން މާޔޫސްވެ ފިލި އެތީސްޓް ޓީޗަރުގެ ވާހަކަ!

އެއީ އަހަރެންގެ އުމުރުން 18 ވަރަކަށް އަހަރުގައިވީކަމެކެވެ. ކިޔައިދޭން އަންނަ ޓީޗަރަކު ބުނީ އޭނާއަކީ އެތީސްޓެއް ކަމަށެވެ. އަދި އެކުލާހުގެ އެއްވެސް ދަރިވަރަކީ އެތީސްޓެއްތޯ ވެސް ސުވާލުކުރިއެވެ. އެއްވެސް ކުއްޖަކު ޖަވާބު ނުދިނުމުން އެޓިސްޓުންނަކީ ކޮންބައެއްކަން ދަސްކުރަން ބޭނުންތޯ ސުވާކުރުމުން ޒައިނަބް ފިޔަވައި ހުރިހާ ކުދިން ބުނީ ދަސްކުރަން ބޭނުން ކަމަށެވެ.

އެއިރު އަހަރެމެންނަކަށް އެތީސްޓުންނަކީ ކޮން ބައެއް ކަމެއް ނުއެނގެއެވެ. އެހެންވެ އެހެން ބުނެވުނީއެވެ. ޒައިނަބް އެއްވެސް ޖަވާބެއް ނުދީ މަޑުން އިނުމުން ޓީޗަރު ރުޅިގަދަވިއެވެ. އަދި ޖަވާބު ނުދިނީ ކީއްވެތޯ ސުވާލުކުރިއެވެ. 

ޖަވާބުގައި ޒައިނަބް ބުނީ އޭނާ އަކީ މުސްލިމެއް ކަމަށެވެ. ދެން ޓީޗަރު ސުވާލުކުރީ ޒައިނަބް މުސްލިމަކަށްވީ ކީއްވެތޯއެވެ؟ ޖަވާބުގައި ޒައިނަބް ބުނީ އޭނާގެ މައިން ބަފައިންނަކީ ވެސް މުސްލިމުން ކަމަށާއި އޭނާ ތަރުބިއްޔަތުކޮށްފައިވަނީ ވަރަށް ރަނގަޅު މުސްލިމެއްގެ ގޮތުގައި ކަމަށެވެ. އަދި މުސްލިމަކަށް ވާންޖެހޭ ސަބަބުތައް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. 

ޓީޗަރު ދެން ސުވާލުކުރީ ޒައިނަބް މުސްލިމަކަށްވީ މައިން ބަފައިންގެ ސަބަބުން ކަމަށްވާނަމަ ޒައިނަބުގެ މައިންބަފައިންނަކީ މޮޔައިން ނުވަތަ ޖާހިލުން ކަމުގައިވީނަމަ ޒައިނަބް ވާނީ ކޮންކަހަލަ މީހަކަށްތޯއެވެ. ޖަވާބުގައި ޒައިނަބް ބުނީ އެއިރުން އެނާ ވެސް ވުން ގާތީ ޓީޗަރު ފަދައިން އެތީސްޓަކަށް ކަމަށެވެ.

އެދުވަހަށް ފަހު އަހަރެމެން އެ ޓީޗަރެއް ނުދެކެމެވެ.

(އެތީސްޓުންނަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނެވެ.) 

 

- އުންމާ.އޯގް

މިއަދު އޮންލައިން