ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގ ގެތެރޭގައި، ބައެއް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެންޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެފަދަ ގޮތްގޮތައް އެ ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި، ރިޝްވަތު ދިނުން ފަދަ ކަންކަންވަނީ ފާހަގަކުރެވިފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
މިހެންކަމުން މިފަދަ ކަންކަމާ ގުޅިގެން ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެޗްއާރުސީއެމްގެ ބަޔާން:
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަނުންދަނީ ކުރަމުންނެވެ.މިގޮތުން މިހާތަނަށް މި ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގގެތެރޭގައި، ބައެއް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެންޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެފަދަ ގޮތްގޮތައް އެ ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި، ރިޝްވަތު ދިނުން ފަދަ ކަންކަންވަނީ ފާހަގަކުރެވިފައެވެ.މިހެންކަމުން، މިފަދަ ކަންކަމާ ގުޅިގެން ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި،އިންތިޚާބީ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށާއި، އެންޓިކެންޕޭން ނުކުރުމަށާއި، ވޯޓަށް ނުފޫޒުފޯރުވުމުން އެއްކިބާވުމަށާއި،އެއްވެސް ކެންޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަންނުކުރުމަށާއި، މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަފަސާދައުފެދި ޢާންމު މަސްލަޙަތު ގެއްލޭ ގޮތަށް ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ކެންޑިޑޭޓުންނަށާއި، އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.