މޭޑޭގައި ހައްޔަރު ކުރި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުޤީޤު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 11ސ
މޭޑޭގައި ހައްޔަރު ކުރި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުޤީޤު ކުރަނީ

2015 ވަހަ ދުވަހުގެ މެއި މަހުގެ 1 ވަނަ ދުވަހު (މޭޑޭ) ގައި ބޭއްވުނު ބޮޑު މުޒާހަރާ ތެރެއިން ހައްޔަރުކޮށް ޖަލަށްލީ އަބްދުﷲ ރަޝީދު މުޙައްމަދު، މަރުވި މައްސަލަ ތަހުޤީޤު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމާ އެމައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފިއެވެ. 

އަބްދުﷲ ރަޝީދުގެ މަރުވި މައްސަލައިގެ ތަހުޤީޤު ނިންމައި އެކަމުގެ ރިޕޯޓި އެޗްއާރްސީއެމް އިން އެކުލަވާލާފައިވަނީ އިއްޔެއެވެ. އެކޮމިޝަނުން ބުނީ އެމައްސަލައިގައި އިހުމާލުވީީ ފަރާތްތަކާއިމެދު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. 

ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު ޖަލަށްލާން ހުކުމް ކުރީ ފަސް އަހަރަށެވެ. ނަމަވެސް އޭނާ މަރުވީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. 

އަބްދުﷲ ރަޝީދާއިމެދު އެއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ. އަދި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ވެސް ދީފައިނުވާ ކަމަށް އެއާއިލާއިން ބުނެފައިވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އުފެއްދެވި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޓީން ވެސް ދަނީ، އަބްދުﷲ ރަޝީދުގެ މަރާއި ބެހޭ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

 

މިއަދު އޮންލައިން