ލާދީނީ ވާހަކަތައް ދައްކާ މީހުންނަށް ޤާނޫނުގަވާގޮތަށް ފިޔަވަޅު ނާޅާނަމަ ބެލެވޭނީ ނުފޫޒު ގަދަ ބައަކު ކުރުވާ ކަމެއް ކަމަށް!: ޑރ. ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ލާދީނީ ވާހަކަތައް ދައްކާ މީހުންނަށް ޤާނޫނުގަވާގޮތަށް ފިޔަވަޅު ނާޅާނަމަ ބެލެވޭނީ ނުފޫޒު ގަދަ ބައަކު ކުރުވާ ކަމެއް ކަމަށް!: ޑރ. ޖަމީލް

ރާއްޖޭގައި ލާދީނީ ވާހަކަތައް ދައްކާ މީހުންނަށް ޤާނޫނުގައިވާގޮތަށް ފިޔަވަޅު ނުއަޅާނަމަ ބެލެވޭނީ އެއީ ނުފޫޒު ގަދަ ބައަކު ކުރުވާ ކަމެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާޢީލް ފަދަ މީސް މީހުން ފައުޅުގައި ނުކުމެ މުރުތައްދުވެ ބަސް ބުނަމުން ގެންދާ ވަގުތެއްގައެވެ. އިބްރާ ކުރި ޓްވީޓަކާއި ގުޅިގެން އެއީ މުރުތައްދުވުމުގެ އަމަލެއް ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވަނީ ވިދާޅުވެފައެވެ.

"ފައުޅުގަ ކީރިތި ރަސޫލާއަށް ނިޞްބަތްކޮށް ލާދީނީ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުންދާއިރު، ދިވެހި ފުލުހުންގެ މުއައްސަސާއިން އެކަށީގެންވާ ގޮތަށް ފިޔަވަޅު ނުއަޅާތީ ހިތާމަކުރަން. ނަމްބަރު ހައެއް / ނުވަދިހަ ހަތަރެއް ޤާނޫނުގެދަށުން ފިޔަވަޅު ނުއަޅާނަމަ މިއީ ނުފޫޒު ގަދަ ބައަކު ކުރުވާ ކަމަކަށް ބެލެވޭނެ!" ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

މިއަދު އޮންލައިން