ކޮންޓްރޯލްކޮށްގެން ވިއްކަމުންދިޔަ ކައްކާ ގޭސް މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ލިބޭނެ: މޯލްޑިވް ގޭސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކޮންޓްރޯލްކޮށްގެން ވިއްކަމުންދިޔަ ކައްކާ ގޭސް މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ލިބޭނެ: މޯލްޑިވް ގޭސް

ގޭހުގެ ސަޕްލައިއަށް ދިމާވި ދަތިތަކާ ގުޅިގެން ކޮންޓްރޯލްކޮށްގެން ވިއްކަމުންދިޔަ ކައްކާ ގޭސް، މާދަމާއިން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް މޯލްޑިވް ގޭސްއިން ހާމަކޮށްފިއެވެ.

މޯލްޑިވް ގޭސްއިން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކުން ކޮންޓްރޯލް ކުރަންޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ގޭސް ސަޕްލައިކުރުމުގައި ދިމާވި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ. މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، 10 ކިލޯގެ ފުޅިއަކަށް ދޫކުރަމުންދިޔައީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަށް އަޅައިދެމުންދިޔައީ 31 ކިލޯގެ ގޭހެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް ދިމާވިފަދަ ސަޕްލައިގެ ދަތިތަކަކާ ގުޅިގެން އަޅަންޖެހުނު ފިޔަވަޅެކެވެ.

ނަމަވެސް، މޯލްޑިވް ގޭސްއިން މިހާރު ވަނީ އެ މައްސަލަ ހައްލުކޮށް، މާދަމާއިން ފެށިގެން ފުޅިތަކަށް ކުރިން ވިއްކަމުންދިޔަ ފުރިހަމަ މިންވަރަށް ގޭސް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް މޯލްޑިވް ގޭސްއިން އަންނަނީ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މުހިންމު މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެ ކުންފުނިން ވިދާޅުވި ގޮތުގައި މި މަޝްރޫޢު ނިމުމުން 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މުސްތަޤުބަލުގައި މިފަދަ ދަތިތަކާ ކުރިމަތިނުލާ ފަސޭހަކަމާއެކު ޚިދުމަތް ދެވިގެންދާނެއެވެ.

މިއަދު އޮންލައިން