މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުން: އަމްޖަދު ޢަބްދުﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުން: އަމްޖަދު ޢަބްދުﷲ

ކޮޕް-31 (COP31) ސަމިޓުގެ ހަވާސާގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި މުހިންމު ޕެނަލް ޑިސްކަޝަނެއްގައި، މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

މި ޕެނަލް މަޝްވަރާތައް ޚާއްޞަކޮށްފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (އެސްއައިޑީއެސް) އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި (އެލްޑީސީސް) މޫސުމީ ބަދަލުތަކަށް ވިލުންވެރި އިޤްތިޞާދަކާއި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ޤައުމީ ފެންވަރުގައި މޫސުމަށް ހޭނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަން ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމުގައްޔާއި، ވިލުންވެރިކަން އިތުރުކުރުމަށް ރޭވިފައިވާ ސިޔާސަތުތައް އަވަހަށް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، ރާއްޖެއިން އަންނަނީ ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަރުގަދައަށް ވަކާލާތުކުރަމުންނެވެ.

މިއަދު އޮންލައިން