އުފަންވެލި ފިހާރަތަކުގައި ތިން ދުވަހުގެ އަގުހެޔޮ ޚާއްސަ އޮފަރއެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
އުފަންވެލި ފިހާރަތަކުގައި ތިން ދުވަހުގެ އަގުހެޔޮ ޚާއްސަ އޮފަރއެއް ފަށައިފި

މަޑިހާ ކޮމްޕެނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި ޚާއްސަހެޔޮ އަގުތަކެއްގައި ތަކެތި ލިބޭ ތިން ދުވަހުގެ އޮފަރ އެއް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މިއޮފަރ ކުރިޔަށްދާނީ 29 އޮކްޓޯބަރުވާ ބުރާސްފަތި ދުވަހުން ފެށިގެން 31 އޮކްޓޯބަރުވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި ޚާއްސަ އޮފަރގެ ދަށުން އާންމުކޮށް ގޭގޭގައި ބޭނުންކުރާ ކާނާގެ ބާވަތްތަކާއި ކުކުޅު މަހާއި ފަތުގެ ބާވަތްތައްވެސް ޚާއްސަ އަގުތަކުގައި ލިބެން ހުންނާނެއެވެ.

މިއޮފަރ މާލެ އަދި ހުޅުމާލޭގައި ހުންނަ ހުރިހާ އުފަންވެލި ފިހާރަތަކަކުން ވަނީ ހުޅުވާލާފައެވެ.

މިއީ ކާބޯތަކެތި ގަންނަ ގޭގެއަށާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކާއި އެހެނިހެން ވިޔަފާރި ތަކަށްވެސް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހެޔޮ އަގުތަކެއްގައި ގިނައިން ގަތުމަށްވެސް ލިބިދޭ ފުރުސަތެކެވެ.

މިފަހަރުގެ އޮފަރގައި ހިމެނޭ މުހިންމު ބާވަތްތަކަކި: • ފިޔާ • އަލުވި • ފުލް ކުކުޅު • ކޮށާފައިވާ ކުކުޅު • ކެވެންޑިޝް ދޮންކެޔޮ • ބުރައުން ބިސް • އަންނާރު • ލައިމް

ދުވަހުން ދުވަހަށް ގެއްގެ ހުރިހާ މީހުންނަށް ބޭނުންވާ ތަކެތި އެކުގައި ހިމެނޭ މި އޮފަރުން، ޚަރަދު ކުޑަކުރުމަށް ކަސްޓަމަރުން ނަށް އެހީވެދޭނެއެވެ މަދިހާ ކޮމްޕެނީގެ ދަށުން ހިންގޭ އުފަންވެލި ޝޮޕްސްއިން، މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން އަގުހެޔޮ ކާނާ، ކޮލިޓީ ހުރި މަހާއި ކުކުޅު، އައު މޭވާތަކާއި ތަރުކާރީތައް ހޯދައިދިނުމަށް މަޑިހާ ކޮމްޕެނީގެ އިމްޕޯޓް އަދި ޑިސްޓްރިބިއުޝަން އޮޕަރޭޝަންތަކުން ގެންދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

މި އައު އޮފަރަކީ މުހިންމު ކާނާގެ ބާވަތްތައް އަގުހެޔޮ ކޮށް ހޯދުމަށް ފަސޭހަކޮށްދީ، ގޭގޭގެ ކާނާގޚަރަދު ބޮޑުވުން ކުޑަކުރުމަށް ކޮމްޕެނީން ދޭ އެންމެ ފަހުގެ އެހީގެ ބަޔެކެވެ.

އޮފަރު ހިންގާ މި ތިން ދުވަހު އެންމެ ކައިރީގައި ހުރި އުފަންވެލި ފިހާރަޔަކަށް ވަޑައިގެން އޮފަރުގެ އަގުތަކުގައި މުދާ ހޯދުމަށް ކަސްޓަމަރުންގެ ކިބައިން އެދެއެވެ.

އޮފަރ ހިންގާ ތާރީޚް : 29އޮކްޓޯބަރު ބާ ބުރާސްފަތި ދުވަހުން 31އޮކްޓޯބަރު ވާ ހޮނިހިރު ދުވަހަށް.

އޮފަރު ހިންގާ ތަން: މާލެ އަދި ހުޅުމާލެގެ ހުރިހާ އުފަންވެލި ޝޮޕްސްއެއްގައި

މިއަދު އޮންލައިން