އާންމު ރައްޔިތުންނާ ގުޅުންހުރި ޓެކްސް ބޮޑުކުރީ ކުރީ ސަރުކާރުން: މަމްދޫހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އާންމު ރައްޔިތުންނާ ގުޅުންހުރި ޓެކްސް ބޮޑުކުރީ ކުރީ ސަރުކާރުން: މަމްދޫހު

އާންމު ރައްޔިތުންނާ ގުޅުންހުރި ޓެކްސް ކަމުގައިވާ ޖީއެސްޓީ ބޮޑުކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރަން ޖެހުނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ނެގުމަށް ރާއްޖެއަށް އޮތް ހުރިހާ ދޮރެއް ބަންދުވުމުން ކަމަށެވެ.

"2023 ވަނަ އަހަރު ދިވެހިރާއްޖޭގައި މިހިރަ ތަފާތު ޓެކްސްތައް ޓީޖީއެސްޓީ، ޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިންގ ޓެކްސް މިގޮތަށް މިހުރި ތަފާތު ޓެކްސްތަކުގެ ތެރެއިން އާންމު ފަރުދުންނަށް އެންމެ ބޮޑަށް ގުޅޭ އެއް ޓެކްސްއަކީ ޖީއެސްޓީ. 2023 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ދިވެހިރާއްޖޭގެ ތާރީޚުގައި އެކި ވެރިކަންތަކުގައި ދައުލަތަށް އާމްދަނީ އިތުރުކުރަން ކުރެވުނު މަސައްކަތުގެ ތެރެއިން ސީދާ ރައްޔިތުންނާ ގުޅުންހުރި ޓެކްހެއް ބޮޑުކުރެވިގެން ދިޔައީ 2023 ވަނަ އަހަރު ނިމިދިޔަ ސަރުކާރުގައި،" މަމްދޫހު ވިދާޅުވިއެވެ.

މީގެއިތުރުން، އިދިކޮޅު އެމްޑީޕީން އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި މި ސަރުކާރުން ރައްޔިތުންނަށް ދަތިވާގޮތަށް ސިޔާސަތުތައް ބައްޓަންކުރާ ކަމަށް ބުނެ ވާހަކަ ދައްކަމުންދާ ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ކުރީގެ ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން މަޖުބޫރުވީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ހަމަޖައްސާނެ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.

މަމްދޫހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ މިހާތަނަށް އައިއިރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އާންމު ރައްޔިތުންނާ ސީދާ ގުޅުންހުރި އެއްވެސް ޓެކްހެއް ބޮޑުކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން