ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް ތިން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން މި މީހުން ހޯދަމުންދަނީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ކޯޓުން ކޮށްފައިވާ އަމުރުތަކަކާ ގުޅިގެންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދާ މީހުންނަކީ:

މުޙައްމަދު ނާޒިފް ރަޝީދު (36އ) - މާނާގަލާ / ގއ. މާމެންދޫ

މުޙައްމަދު އަފްލާޙް (24އ) - ރީތިހިޔާ / އއ. މާޅޮސް

އިބްރާހީމް ޝަރީފު (42އ) - ގ. ސެމިޓޯން / މާލެ

މީގެ ތެރެއިން މާލެ، ގ. ސެމިޓޯން، އިބްރާހީމް ޝަރީފު ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން