އެފްއެޗްއޭއެމް އެކްސްޕޯ އަންނަ މަހުގެ 7 އިން 9 އަށް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެފްއެޗްއޭއެމް އެކްސްޕޯ އަންނަ މަހުގެ 7 އިން 9 އަށް ބާއްވަނީ

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެކްސްޕޯ އަންނަ މަހުގެ 7 އިން 9 އަށް ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ ވޯލްޑް ޝެފްސްއިން އެންޑޯޒްކޮށްފައިވާ ގްލޯބަލް ކަލިނަރީ ޗެލެންޖެވެ. މި މުބާރާތުގައި 700 އަށްވުރެ ގިނަ ޝެފުން ބައިވެރިވެ، އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލާނެއެވެ. މީގެ އިތުރުން، މި އެކްސްޕޯގައި 120 އަށްވުރެ ގިނަ ރިސޯޓާއި ހޮޓާ ތަމްސީލުކުރާ ފަރާތްތަކުގެ އިތުރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

ކަލިނަރީ ޗެލެންޖުގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ މުބާރާތްތަކެއް މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ބެޑް ޑެކަރޭޝަން މުބާރާތް ހިމެނެއެވެ. މި ހަރަކާތްތަކަކީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްގީކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި އަހަރުގެ އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލްއެވެ. މީގެ އިތުރުން ނެސްލޭ، ސިމްޑީ އަދި ޔޫރޯ މާކެޓިން ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންވެސް މި ހަރަކާތުގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެއެވެ.

މި އެކްސްޕޯއަކީ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ ފަހުގެ އީޖާދުތައް ދައްކާލުމަށާއި، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު މަންސައެކެވެ.

މިއަދު އޮންލައިން