ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމަށް އެސްޓްރަޒެނިކާ އާއި ސްޓޭޓް ފާމާއިން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖެއަށް ބޭނުންވާ ބޭސް ހޯދުމަށް އެސްޓްރަޒެނިކާ އާއި ސްޓޭޓް ފާމާއިން މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނިކާ އާއި ސްޓޭޓް ފާމާ އާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމެވެ. މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް އިސްކަންދޭންޖެހޭ ދާއިރާތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ސްޓޭޓް ފާމާގެ އަމާޒަކީ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމެވެ. މިގޮތުން އެސްޓްރަޒެނިކާ ފަދަ ބޮޑު ކުންފުންޏަކާއެކު ކުރެވޭ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ބޭހުގެ ޔަޤީންކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެސްޓްރާޒެނެކާއަކީ ދުނިޔޭގެ 125 އަށްވުރެ ގިނަ ޤައުމަށް ބޭސް ފޯރުކޮށްދޭ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. މިފަދަ ބައިނަލްއަޤުވާމީ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން