އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް ް އަލީ ޝަރީފް، ޅ. ހިންނަވަރު ހޮވިއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އޭޓީވީ ލިބުނު ތިންވަނަ ނަސީބުވެރި ކަސްޓަމަރެވެ.
ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެއެވެ.
ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ޚިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެއެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކޮންމެ ގުރުއަތުލުމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެއެވެ.
ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.